ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ބަލަހައްޓައިދިނުން

އިޢުލާން

މަގުބައްތި ބަލަހައްޓައިދިނުން

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރަށުގެ މަގުތަކުގައި ޖަހާފައިވާ މިކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މަގުމަތީބައްތި ކޮންޓެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިމަސައްކަތަށް ބޭނުންވާ ތަކެތި ދިނުމުން މަގުމަތީ ބައްތި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކުން 08 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް އަގު ބަޔާންކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

19 ޖަނަވަރީ 2016
ހޯދާ