ދިވެހިރާއްޖެ
އިޢުލާން
މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
މަޤާމުގެ ރޭންކް: EX 1
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، މާލެ
މުސާރަ: -/8،835 ރުފިޔާ (އަށްހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/2،000 ރުފިޔާ (ދެހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 އާއި، ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS4 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
އިދާރީ ހިންގުމާބެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ
މަޤާމުގެ ރޭންކް: MS 3
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ސިވިލް ކޯޓު، މާލެ، ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަން
މުސާރަ: -/7،035 ރުފިޔާ (ހަތްހާސް ތިރީސް ފަސް ރުފިޔާ) އާއި، ސަރވިސް އެލަވަންސް -/2،000 ރުފިޔާ (ދެހާސް ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 އާއި، ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަން ހިންގުމުގެ މަސައްކަތް.
ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:
ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭ ފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ ޓްރާންސްކްރިޕްޓާއެކު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރާނެކަމުގެ ލިޔުން.
ސުންގަޑި:
މިމަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު، 2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި މަޤާމުތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ކޯޓުގެ ކައުންޓަރުން ލިބެންހު ންނާނެއެވެ. އަދި ސިވިލް ކޯޓުގެ ވެބްސައިޓް www.civilcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
4 ރަބީޢުލްއާޚިރު 1437