މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2016 ވަނައަހަރަށް ކޮންމެހެން ބޭނުންވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: GS71-D/2015/18 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 ޖަނަވަރީ 2016 ވާ (ހޯމަ) ދުވަހުގެ 13:00 އަށް

07 ފެބުރުވަރީ 2016 (އާދީއްތަ) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ.މަގޫދޫ ސްކޫލުގެ 7952912 ނަންބަރު ފޯނަށެވެ.

08 ރަބީޢުލްއާޚިރު 1437

18 ޖަނަވަރީ 2016
ހޯދާ