އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ލީގަލް އޮފިސަރ (އެމް. އެސް. 4)

ބޭނުންވާ ޢަދަދު:

1 (އެކެއް)

ސެކްޝަން:

ލީގަލް އެފެއާޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 7875.00 (ހަތްހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 2000.00  (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ، އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.)

ލިވިންގ އެލަވަންސް:

މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45      

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ، ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާގޮތަށް.

 

ފެންވަރު ނުވަތަ ޝަރުޠު:

1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

2. އުމުރުން 35 އަހަރު ނުފުރޭ މީހަކުކަމުގައިވުން.

3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނަށް ހުށަހަޅާ ކަންކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ކަމެއް އޮތްނަމަ، އެކަމެއް ބަލައި، ޖަވާބުދާރީވުން.

- އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، ޖަވާބުދާރީވުން.

- ޤާނޫނީ ކަންކަމުގައި ކޮމިޝަނަށް ލަފާދިނުން.

- ޤާނޫނީ ކަންކަމުގައި ޝަރުއީ ކޯޓުތަކުގައި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ހުށަހަޅަންޖެހޭ ސެޓްފިކެޓް ނެތް ހާލަތުގައި (ކޯސް ފުރިހަމަކޮށްފައިވީ ނަމަވެސް، ދަސްވެނިވުން ނުބާއްވާތީ ސެޓްފިކެޓް ނުލިބޭ) ކޯސް  ނިންމިކަމުގެ  ލިޔުމާއެކު  މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން،  އެ  ކޯހުގެ  ލެވެލް އެނގޭނޭހެން، އެ ކޯހަކީ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރައްވާ އަދި އެކްރެޑިޓް ކޯހެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅާފައިވާނަ، އެ ލިޔުންތަކަށް ބަލައި، އެ ސެޓްފިކެޓަކަށް ކަނޑައެޅޭ މާކްސް ދެވޭނެއެވެ.)

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 25 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލައިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

24 ރަބީޢުލްއައްޥަލް 1437

05 ޖަނަވަރީ 2016
ހޯދާ