އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސްޖެހުމާ ގުޅޭ

އިޢުލާން

އއ.މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި ކުނިކޮށީގައި ފެންސް ޖެހުމާގުޅޭ:

މިއިދާރާގެ ނަންބަރު: IUL)345-CAA/345/2015/1025)ފ(09 ސެޕްޓެންބަރު 2015) އިޢުލާނުގައިވާ އއ.މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި، ކުނިކޮށީގައި ފެންސް ޖެހުމުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ.މާޅޮހު ކުނިކޮށި އިމާރާތް ކުރުމާއި، ކުނިކޮށީގައި ފެންސް ޖެހުމަށް އެދި"މިހެން ލިޔެފައެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016
ހޯދާ