ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު ހެދުން

އިއުލާން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަހައްދު ހެދުން

މި ސްކޫލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS103/2015/34 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި އައި.ޑީކާޑުގެ ކޮޕީއެއް ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ.

18 ރަބީޢުލްއައްވަލް 1437

29 ޑިސެންބަރު 2015
ހޯދާ