ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އޮފީސް ޖާގަ ބޭނުންވެއްޖެ

އިޢުލާން

އޮފީސް ޖާގަ ބޭނުންވެއްޖެ

އޮފީސް ޖާގައަކަށް ބޭނުންކުރުމަށްޓަކައި ތަޅުމުގެ ބޮޑުމިނުގައި 1000 ނުވަތަ 1500 އަކަފޫޓްގެ ޖާގައެއް ހުންނަވަރުގެ ތަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވިމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް އެދިލައްވާ ފަރާތްތަކުން، ތަނުގެ ބޮޑުމިނާއި ކުލި ބަޔާންކޮށް 2016 ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި ބިއުރޯއަށް އެންގެވުން އެދެމެވެ.

މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގަމުންދާ އިމާރާތުގައި ކަމުގައި މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯނު ނަންބަރު. 3349397 އަށް ގުޅުއްވުން އެދެމެވެ.

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015
ހޯދާ