ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުން ބޭނުންކުރާ އެކްޓިވިޓީސް ޔުނިފޯމު ތިރީގައިވާ އަދަދުތަކަށް (މަދަރުސާއިން ދޭ ނަމުނާއާ އެއްގޮތަށް) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • 356  ޓީޝާޓް (އަތްކުރު)
  • 204  ޓީޝާޓް (އަތްދިގު)
  • 571  ޓްރެކްޝޫޓް

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ހުށަހެޅުން

2015 ޑިސެންބަރު 28 ވަނަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

2016 ޖަނަވަރީ 04 ވަނަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު މަދަރުސާގެ އޮފީހުގައި

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ލިޔުމަކާއި، މަޢުލޫމާތު ސާފުކުރައްވާ ފަރާތާއި، ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަކާނުލައި ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

10 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2015
ހޯދާ