ހިތާދޫ ސްކޫލް، ބ. ހިތާދޫ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނެވުމަށްޓަކައި ގެއެއް ނުވަތަ އެޕާޓްމަންޓެއް މަހު ކުއްޔަށް ހިފުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު GS-130/2015/42 (02 ޑިސެންބަރު 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައި ވަނީ އެންމެ ދެފަރާތަކުންކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، 1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި ގެއެއް ނުވަތަ އެޕާޓްމަންޓެއް މަހު ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މަހުކުލި އެނގޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް 6600314 ނަންބަރު ފޯނާއެވެ.

09 ރަބީޢުލްއައްވަލް 1437

20 ޑިސެންބަރު 2015
ހޯދާ