މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި އަލުން ރަޖިސްޓަރީކުރުން

އިއުލާން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި އަލުން ރަޖިސްޓަރީ ކުރުން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މެޑިކަލް ކައުންސިލުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީވުމަށް ވަނީ ލާޒިމުކޮށްފައެވެ.

ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ދިވެހި އަދި ބިދޭސީ ޑޮކްޓަރުން މި ކައުންސިލުގައި ރަޖިސްޓަރީ ކުރުމަށްޓަކައި 13 ފެބުރުވަރީ 2016 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅުއްވާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މީގެކުރިން މެޑިކަލް ކައުންސިލުން ދޫކޮށްފައިވާ ރަޖިސްޓްރޭޝަންގެ ކޮޕީއާއި އައި.ޑީ.ކާޑު/ޕާސްޕޯޓްގެ ކޮޕީއާއި ފޯމުގައި ކަނޑައަޅާފައިވާ އަދަދަށް ޕާސްޕޯޓް ސައިޒުގެ ފޮޓޯ އަދި ކަނޑައަޅާފައިވާ ފީއެވެ.

ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހަޅުއްވާއިރު ޕްރެކްޓިސިންގ ލައިސަންސް ހޯދުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ ގޮޅީގައި ފާހަގަލެއްވުމަށްވެސް ދަންނަވަމެވެ.

ރީ-ރެޖިސްޓްރޭޝަން ފޯމު މި ކައުންސިލްގެ ވެބްސައިޓްއިން www.mmc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ އާންމުކޮށް އިޢުލާން ކުރީމެވެ.

04 ރަބީޢުލްއައްވަލް 1437

15 ޑިސެންބަރު 2015
ހޯދާ