މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
01 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިމިނިސްޓްރީގެ ބޭނުމަށް 01 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 01 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)438-PRCU/1/2015/168)ފ(07 ޑިސެންބަރު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެޕާޓްމަންޓް ހުންނަންވީ ގޮތާއި ތަކެތީގެ ތަފުސީލު

އެއް ރޫމުގެ އެޕާޓްމަންޓް ( ފާޚާނާއާއެކު ) 12 ފޫޓާއި 14 ފޫޓަށްވުރެ ކުޑަ ނޫންތަނަކަށް ވުން.

ފަރުނީޗަރ: ފުލީ ފާރނިޝްޑް

އިމާރާތް ހުންނަ ގޮތުގެ ކުރެހުމެއް ނުވަތަ ފޮޓޯ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

  • މިމިނިސްޓްރީގެ ފަރާތުން އިމާރާތް ބެލުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި ބެލުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި އިމާރާތް ބެލުމަށް ގުޅަންޖެހޭނެ 2 ފަރާތެއްގެ ފޯން ނަންބަރު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • ފެނާއި ކަރަންޓް ހުންނަންވާނީ އިމާރާތުގެ އެހެން ފްލޯރތަކާ ވަކިކުރެވިފައެވެ.
  • ކުލި ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކަށްވެސް ވަކިންނެވެ.
  • އިމާރާތް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ފެނާއި ކަރަންޓް މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައެއް ހައްލުކޮށްދޭންވާނީ އިމާރާތް ކުއްޔަށް ދޫކުރާ ފަރާތުންނެވެ.
  • އެހެނިހެން މައްސަލަތައް ޙައްލު ކުރާނެގޮތް (މިނިސްޓްރީއާއި އެޕާޓްމަންޓް ކުއްޔަށް ދޭ ފަރާތާއި ވާހަކަ ދެއްކުމަށް ފަހުގައެވެ.)
  • ފެނާއި ކަރަންޓް ބިލް ދައްކާނީ މިނިސްޓްރީއަށް ބިލް ހުށަހެޅުމުން މިނިސްޓްރީންނެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ކުއްޔަށް ދޫކުރެވޭނެ އަގު:
  • ކުއްޔަށްދޭން ގަސްތުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ވެންޓިލޭޝަން އެނގޭނެގޮތަށް)
  • އިމާރާތް ކުއްޔަށްދޭއިރު އިމާރާތުގައި ހުރި ފަރުނީޗަރުތަކާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ ތަފުސީލު
  • ކުއްޔަށްދޭން ގަސްތުކުރަނީ އިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ ގޭގެ ވެރިފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ
  • ކުއްޔަށްދޭން ގަސްތުކުރަނީ އިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުން ކަމުގައިވާނަމަ ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 60 ޕޮއިންޓު   

    ( ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60 )

  • އިމާރާތް ހުންނަ ގޮތް ( ކުޑަ ބޮޑުމިނާއި އަދި ތަނުގެ ސާފުތާހިރުކަމާއި ރީތިކަމާއި އަގާއި އެކަށީގެންވޭތޯ ) : 20

     ( ހުށަހަޅާ ތަން ބެލުމަށްފަހު )

  • ކުއްޔަށް ދޭ އިމާރާތުގައި ހުންނަ ތަކެއްޗަށް : 20

    ( އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދާ )

ކުއްޔަށް ހިފާނެ އެޕާޓްމަންޓެއް ހަމަޖެއްސުމުގައި ހުށަހެޅޭ އަންދާސީހިސާބުތަކުގައިވާ އިމާރާތްތަކުގެ ތެރެއިން އަގަށާއި ތަން ހުންނަ ގޮތާއި އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލަށް ބެލުމަށްފަހު އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބެލެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ އެޑްރެހަށް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މިމިނިސްޓްރީގެ ބޭނުމަށް 01 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 01 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް

IUL)438-PRCU/1/2015/169)

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018342 / 3018384 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް: [email protected]

17 ޑިސެންބަރު 2015
ހޯދާ