ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ތިރީގައި ދަންނަވާފައިވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.

Specification / Model

Quantity

Items

Specification:

23" Monitor

HDMI and VGA ports required

Resolution: 1920x1080

Recommended Brand: Dell

Recommended Model: Dell S2340L

6 (Six)

Computer Monitor

Specification:

21.5" Monitor

HDMI and VGA ports required

Minimum Resolution: 1366x768

Recommended Brand: Dell

Recommended Model: Dell S2240L

5 (Five)

Computer Monitor

Specification:

- Processor i3 4th Generation

- 64-bit OS

- RAM 4GB, DDR3, 1333MHz

- HDD 500GB  SATA

- Windows 8.1 (Pro), Genuine

- HDMI and VGA ports required

- USB Keyboard

- USB Mouse

- Should include all major input and output ports

Recommended Brands: Dell or Asus

20 (Twenty)

CPU

650VA (Manageable UPS)

15 (Fifteen)

UPS

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް މި ކޮމިޝަނުގެ އިދާރާ (މޫކައި ސުއިޓްސް 6 ވަނަ ފަންގިފިލާ، ހަވީރީ ހިނގުން) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:

އަގު:        70 ޕޮއިންޓް

މުއްދަތު:      20 ޕޮއިންޓް

ތަޖުރިބާ:      10 ޕޮއިންޓް (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާކަން އެނގޭނޭ ފަދަ ލިޔެކިޔުންތަކަށެވެ.)

ހުށަހަޅަންޖެހޭ ތަކެތި:

1. ޕްރޮޕޯޒަލް

1.1.އަގު

1.2.ޑެލިވަރީކުރެވޭނެ މުއްދަތު

1.3.ޕްރޮޕޯޒްކުރާ އައިޓަމްތަކުގެ ތަފްސީލީ ސްޕެސިފިކޭޝަންސް

2. ކޮމްޕެނީ ޕްރޮފައިލް، ތަޖުރިބާ އަންގައިދޭ ލިޔުންތަކާއެކު

ނޯޓް: ބިޑް އެވޯޑްކުރުމުގައި މި އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ އައިޓަމްތަކަކަށް ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި ކޮމިޝަނުގެ އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު ފޯމާއެކުއެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ނުވަތަ އަންދާސީހިސާބުގެ ބައެއްވެސް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9686898 އަށް ގުޅުއްވުން އެދެމެވެ.

15 ޑިސެންބަރު 2015
ހޯދާ