އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
6 ވަނަ ފަންގިފިލާގައި 2 ފާޚާނާ ހެދުން

މިމަދަރުސާގެ 6 ވަނަ ފަންގިފިލާގައި 2  ފާޚާނާ ހެދުމަށް ކުރިން ކޮށްފައިވާ މިނަންބަރު B-MAI/IUL/2015/45 އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

21 ޑިސެންބަރު 2015 (ހޯމަ) ދުވަހުގެ 10:00 އަށް

24 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.

04 ރަބީޢުލްއައްވަލް 1436

15 ޑިސެންބަރު 2015
ހޯދާ