ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2016 ވަނަ އަހަރުގެ ޖަނަވަރީމަހު 1 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތާރީޚު: 16 ޑިސެންބަރު 2015 ވާ ބުދަ ދުވަސް

ތާރީޚު: 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަސް

ގަޑި: ހެނދުނު 11:00

ގަޑި: ހެނދުނު 11:00

ތަން: ޝަމްސުއްދީން ސްކޫލް

ތަން: ޝަމްސުއްދީން ސްކޫލް

26 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ