އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މަސައްކަތްކުރުމާބެހޭ

ހަންޏާމީދޫ ދެކުނުބަނދަރުގެ ތިރީގައިވާ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުންއޮންނާނީ 17 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:30 ގައެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ 20 ޑިސެންބަރު 2015 (އާދީއްތަ) ދުވަހުގެ 10:30 ގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.

ކުރަންޖެހޭ މަސައްކަތްތަކަކީ:

  1. ވައުއައްސާ ބުޅި ހަރުކޮށް ސަޕޯޓް އެޅުން، 2. މަތީ ޝީޓު އެޅުން ، 3. އެތެރެފާރުގައި ސިމެންތި ޖެހުން

މިމަސައްކަތްތައް ކުރާނީ ލިބިފައިވާ ބަޖެޓުން ފުރަތަމަ މަސައްކަތް ނިމުމަށްފަހު 2 ވަނަ މަސައްކަތް ކުރުމަށް ފައިސާ ހުރިނަމަ 2 ވަނަ މަސައްކަތެވެ. އަގު ހުށަހަޅަންވާނީ ކޮންމެ މަސައްކަތަކަށް ވަކިވަކިންނެވެ. އަގު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ ފޯމުންނެވެ.

  • ޕޮއިންޓް ދިނުމުގެ އުސޫލު
  1. ހުށަހަޅާ އެންމެ ކުޑައަގަށް 70 ޕޮއިންޓް
  2. އެންމެ ކުރުމުއްދަތަށް 20 ޕޮއިންޓް
  3. ތަޖުރިބާއަށް 10 ޕޮއިންޓް
10 ޑިސެންބަރު 2015
ހޯދާ