މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެނިއުމަރޭޓާރސް (ސުވާލުދާރުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެނިއުމަރޭޓާރސް (ސުވާލުދާރުން)

މުސާރައާއި ޢިނާޔަތްތައް

ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން، މަސައްކަތުގެގޮތުން ދޭންޖެހޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭ  16/2015

ބޭނުންވާ އަދަދު

ޖުމުލަ 50 (ފަންސާސް) ސުވަލުދާރުން.

ބޭނުންވާ މުއްދަތު

ސަރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން. (4 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަށް)

މަޤާމުގެ ޝަރުތު

1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، އެސް. އެސް. އީ އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަވިއުކުރުމުގައި ބެލޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުމުގެ ހުނަރު.
  3. އިސްނަގައިގެން މަސައްކަތްކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރުދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސަރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސްވަންދެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަރވޭގައި ފީލްޑް މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަމުންދާނީ، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސަރވޭކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް، އެ ގޭގައި ދިރިއުޅޭ، ސަރވޭކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް، ކަނޑައެޅިފައިވާ އުޞޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. 

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސަރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓާއި، ސާމްޕަލްގައިވާ ގޮތުގެމަތިން ސަރވޭކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް، އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަކުރުން.
  2. ސަރވޭގައި ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަކުރުން.
  3. ސަރވޭގައި ބައިވެރިވާ މީހުންނާ ސުވާލުކަރުދާހުގައި ކަނޑައެޅިފައިވާގޮތުގެމަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަކުރެވިފައިވޭތޯ ބަލައި ޗެކްކުރުމާއި، އެކަމާބެހޭ ލިޔެކިއުންތައް ފުރިހަމަކުރުން.
  4. ސަރވޭ ފީލްޑުގައި މަސައްކަތްކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކުވެސް މަސައްކަތްތައް ނިންމަމުންދާވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާ މަޢުލޫމާތު ހިއްސާކުރުން.
  5. ސަރވޭކުރުމުގެ މެނުއަލްގައި، ސަރވޭކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.

ނޯޓު

* ސުވާލުދާރުންނަށް ސަރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނެގޮތުގެ ފުރިހަމަ މަޢުލޫމާތު، ސަރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސަރވޭގައި މަސައްކަތްކުރެވޭނީ، މި ތަމްރީނު ނިންމުމަށް ފަހުއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ނޯޓު:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް އީމެއިލްގެ ޒަރީޢާއިން ގަބޫލުކުރެވޭނެއެވެ. ވީމާ، އީމެއިލްގެ ޒަރީޢާއިން ހިއްސާކުރަން ތިރީގައިމިވާ އީ-މެއިލަށް ފޮނުވުން އެދެމެވެ.

[email protected]

ސުންގަޑި:

2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3014330 ނަންބަރު ފޯނަށް ނުވަތަ 3014335 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 26 ޞަފަރު 1437

08 ޑިސެންބަރު 2015
ހޯދާ