މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީ ޕިކަޕެއް ހޯދަން

ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމުގެ ދަށުން ރަސްމާދޫ ކައުންސިލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ގޭގެއިން ކުނި އުކާލުމުގެ ޕްރޮގްރާމުގެ ދަށުން ގޭގެއިން ނަގާ ކުނި، ކުނިގޮނޑަށް ގެންގޮސްދީ ހަދާނެ ކުލީ ޕިކަޕެއް ހޯދަން ބޭނުންވެއްޖެ.

މިކައުންސިލްގެ ނަންބަރު: IUL)306/306/2015/75)ފ(04 އޮގަސްޓު 2015) އިޢުލާނުގައިވާ ކައުންސިލުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ކުލީ ޕިކަޕެއް ހޯދަންކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2015 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި 17 ޑިސެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަންބަރު 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ޑިސެންބަރު 2015
ހޯދާ