ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން:

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު         

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ              

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1    

މަޤާމުގެ ރޭންކް: އެސް، އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ގިންތި: ދާއިމީ

ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އޮފީހުގެ ބެލުމުގެ ދަށުގައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. ރައްޔިތުންގެ ގުލްފާމްގެއާއި ގޯތިތެރެއާއި މަގު ކުނިކަހައި ސާފުކުރުން.

3. ކޮމިއުނިޓީ އީސެންޓަރ ފޮޅައި ސާފުކުރުން.

4. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަ ކޮންމެ ދުވަހަކު އޮފީސް ފޮޅައި ސާފުކުރުން.

5. އޮފީހުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުން.

6. އޮފީހުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްއިޕްމަންޓް، އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެ ސާފުކުރުން.

7. ސެކިއުރިޓީ އޮފިސަރ ނެތް ޙާލަތްތަކުގައި އޮފީހުގެ ދިދަނަގައި ތިރިކުރުން.

8. އޮފީހުގެ ވަޅު ހަޑިވިޔަނުދީ  ސާފުކޮށް ބެލެހެއްޓުން.      .

9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމައި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

10. ކައުންސިލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.    

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.                     3 - ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ތައްގަނޑު ޖައްސަވައި  ސޮއި ކުރައްވާފައިވާ) ކޮޕީ

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުނަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

5. ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

  •  ކޮޕީ ހުށަހަޅާ ހުރިހައި ލިޔުމެއްގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

ތަކެތި ހުށަހަޅާނީ، 2015 ޑިސެންބަރު 15 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު އޮމަދޫ ކައުންސިލް އިދާރާއަށް.

އިންޓަވިއު:

މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި (އިންޓަވިއު އޮންނަ ދުވަހުގެ 1 ދުވަސް ކުރިން) އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާން ޖެހޭނެއެވެ. މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާއި، ބަންދު ދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި، ކޮންމެ އަހަރަކު 30 ދުވަހާއި، އާއިލީ ޒިންމާ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 9114050 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ