އދ. ދަނގެތީ ސްކޫލް
ދިވެހިރާއްޖެ
2 ކްލާސްރޫމާއި 2 ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުން

މި ސްކޫލުގައި 2016 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް 2 ކްލާސްރޫމާއި 2 ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު GS158/I/2015/23 (ތާރީޚު: 28 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގު މާބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަ ޑިސެންބަރުމަހުގެ 07 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޑިސެންބަރުމަހުގެ 09 ވާ ބުދަދުވަހުގެ 11:00 ގެ ކުރީން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ފުރިހަމަކުރައްވަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 ޞަފަރު  1437

25 ނޮވެންބަރު 2015
ހޯދާ