މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އަމިއްލަ ތަކެތީގައި މިމިނިސްޓްރީގެ އެތެރޭގެ މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015
ހޯދާ