ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހޯދަން

ކްރިމިނަލް ކޯޓަށް އެއަރކޮންޑިޝަން ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު 2015/69/SP-ފ145 (18 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއަރކޮންޑިޝަން ވިއްކުމަށް އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ދެފަރާތަކުން ކަމަށްވާތީ، އެއަރކޮންޑިޝަން ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.  

ވީމާ، އެއަރކޮންޑިޝަން ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑްފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ