ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރީމެވެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ރޭންކް: އެމް. އެސް. 2)

މުސާރަ:

-/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ފީއަލީ ކައުންސިލްގެ އިދާރާ / އިކޮނޮމިކް ޝޯސަލް އެންޑް މުނިސިޕަލް ސަރވިސް

 

 

 

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ޕްރޮޖެކްޓް މެނޭޖްމަންޓް/ފައިނޭންސް މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ޕްރޮޖެކްޓް  މެނޭޖްމަންޓާ  ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޕްރޮޖެކްޓް މެނޭޖްމަންޓް/ފައިނޭންސް މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ޕްރޮޖެކްޓް  މެނޭޖްމަންޓާ  ގުޅުންހުރި  ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ޕްރޮޖެކްޓް މެނޭޖްމަންޓް/ފައިނޭންސް މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ޕްރޮޖެކްޓް މެނޭޖްމަންޓް/ފައިނޭންސް މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް

  1. އެކިއެކި  ބޭނުންތަކަށް  ދޫކުރާ  ބިންބިމުގެ  ކަންތަކާއި،  ގޯތިގެދޮރާ  ބެހޭގޮތުން  ހުށަހެޅޭ  މައްސަލަތަކުގެ ކަންތަކާއި، ބިނާވެށި ޕްލޭނާއި،  ބިމުގެ  ބަޖެޓް  ތައްޔާރުކޮށް،  ލޭންޑް  ސަރވޭކުރުމުގެ  މަސައްކަތް  ކުރުމަށް  ހަވާލުކޮށްފައިވާ މުވައްޒަފު އެ މަސައްކަތް ކުރޭތޯ ބަލައި، އެ މަސައްކަތް ކުރުވުން.
  2. ރަށުކައުންސިލް އިދާރާއާއި، ރަށްވެހިގެއާއި، މިސްކިތްތައް ބެލެހެއްޓުމާއި، އެތަންތަން މަރާމާތުކުރުމާއި، މިތަންތަނަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފު އެ މަސައްކަތް ކުރޭތޯ ބަލައި، އެ މަސައްކަތް ކުރުވުން.
  3. ބިނާވެށި ޕްލޭނާއި، ބިމުގެ ބަޖެޓް ތައްޔާރުކޮށް، އަންނަ ބަދަލުތައް ބެލެހެއްޓުމާއި، ރަށުގެ ތަރަށްޤީއާބެހޭ ޕްރޮޖެކްތްތައް ހިންގައި، މޮނިޓަރކޮށް، ބެލެހެއްޓުން.
  4. ރަށްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރަށްޤީގެ ޕްލޭންތައް ރޭވުމުގައި ރަށްޔިތުންގެ ޚިޔާލާއި މަސްވަރާ، ކަމާބެހޭ ފަރާތްތަކަށް ދިނުމާއި، ރަށުކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރުކުރުން.
  5. ޕްރޮޖެކްޓް އޮފިސަރުގެދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޓާގެޓްތައް ކަނޑައެޅުމާއި، މުވައްޒަފުންގެ ފެންވަރުބެލުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް ބެލެހެއްޓުން.
  6. ސެކްސަނަށް އަންނަ ލިޔެކިއުންތައް އެންޓްރީން ނަގައި، ވެރިންނާ ހަމައަށް ގެނެސް، ސެކްޝަނުގެ މައްސަލަތަކަށް ޖަވާބުތައްޔާރުކޮށް، ވެރިންލައްވާ ސޮއިކުރުވުމަށްފަހު، އެކަމަކާގުޅޭ މުވައްޒަފަކާ އެ މައްސަލައެއް ހަވާލުކުރުން.
  7. ފ. އަތޮޅު ފެންވަރުގައި  ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގުރިމެންޓްކޮށް، ވިޔަފާރީގެ މުޢާމަލާތުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  8. ރަށުފެންވަރުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، މަސައްކަތްކުރުން.
  9.  ސަރުކާރުގެ އިދާރާތަކާއި، ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީޢައި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  10. ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވައި ލެއްޕުން.
  11. ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތު ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން އެންމެ މަތީ މާކްސް ހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި، ސުންގަޑި:

2015  ނޮވެންބަރު  30  ވަނަ  ދުވަހުގެ  13.30  ގެ  ކުރިން،  'ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމް' ފުރިހަމަކުރުމަށްފަހު، މި އިދާރާއަށް.

އިންޓަވިއު އާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ނޮވެންބަރު 30 ވަނަ ދުވަހުން ފެށިގެން ފީއަލީ ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، އެހެނިހެން ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް ލިބުނުކަން ކަށވަރުކުރާ ފޯމު މި އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން، މި ދެ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ލިޔުންތައް އެކްރެޑިޓް ކުރެވިފައި)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ފީއަލީ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެހެނިހެން ކަންތައްތައް:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިއޮފީހުގެ 6740012 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740594 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

7 ޞަފަރު 1437

19 ނޮވެންބަރު 2015
ހޯދާ