މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކެއުން ބުއިން ހަމަޖެއްސުމަށް

ކެއުން ބުއިން ހަމަޖެއްސުމަށް އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 އަށް، ތިރީގައި މިދަންނަވާ ޚިދުމަތް ބޭނުންވެއެވެ.

ބޭނުންވާ އަދަދު

މަސައްކަތުގެ ތަފުސީލު

112 މީހުން

ހެނދުނުގެ ސައިފޮދު (ހުޅުވުމުގެ ރަސްމިއްޔާތު ނުހިމެނޭ ގޮތަށް)

މެންދުރުގެ ކެއުން (20 ޑިސެންބަރު 2015 އިން 24 ޖަނަވަރީ 2016)

ހަވީރުގެ ސައިފޮދު (ނިންމުމުގެ ރަސްމިއްޔާތު ނުހިމެނޭ ގޮތަށް)

112 މީހުން

ހުޅުވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ހެނދުނުގެ ސައިފޮދު (20 ޑިސެންބަރު 2015)

112 މީހުން

ނިންމުމުގެ ރަސްމިއްޔާތަށް ބޭނުންވާ ހަވީރުގެ ސައިފޮދު

ވީމާ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. (މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނެވީމެވެ.)

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

02 ޑިސެންބަރު 2015

ބުދަ

10:00

އަންދާސީހިސާބު ހުށަހެޅުން

08 ޑިސެންބަރު 2015

އަންގާރަ

10:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3014335 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

12 ޞަފަރު 1437  

24 ނޮވެންބަރު 2015
ހޯދާ