މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފޮރިން ރިކްރޫމަންޓް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ހެލްތަށް ފޮރިން ރިކްރޫމަންޓް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/273ފ(2015 އޮކްޓޫބަރު 01) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މިނިސްޓްރީ އޮފް ހެލްތަށް ފޮރިން ރިކްރޫމަންޓް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 02 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 09 ވާ ބުދަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ