މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފޮތެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް " ބްލޫ ޕްރިސްކްރިޕްޝަން ފޯ ކޮންޓްރޯލް ޑްރަގްސް " ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީގެ ނަންބަރު IUL 23-AP/1/2015/320ފ(2015 ނޮވެންބަރު 05) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް " ބްލޫ ޕްރިސްކްރިޕްޝަން ފޯ ކޮންޓްރޯލް ޑްރަގްސް " ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 01 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 09 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ