މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޭބަލް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކުގެ ލޭބަލް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 13 ޑިސެންބަރު 2015 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް އޮފީސް ބަންދުވުމުގެކުރިން ގުއްޅުއްވުން އެދެމެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ