މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޭޓަރިންގ ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި މިނިސްޓްރީގެ ފަރާތުން މާލެތެރޭގައި "ޕްލޭނިންގ ރެގިއުލޭޝަން" އާ އެއްގޮތްތޯ ބެލުމުގެ ސަރވޭއެއް ކުރުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތްކުރާ ޓީމުގެ ބޭފުޅުންނަށް މެންދުރު ކެއުމާއި ހަވީރު ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޑިސެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ