ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނ. އަތޮޅު ކެނދިކުޅުދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ލާރނިންގ ސެންޓަރެއް އިމާރާތް ކުރުމަށް ކުރެހުންތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނ. އަތޮޅު ކެނދިކުޅުދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ލާރނިންގ ސެންޓަރެއް އިމާރާތް ކުރުމަށް ކުރެހުންތައް ކުރަހައި ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ވަގުތު މަޢުލޫމާތު އޮޅުންފިލުވުމަކީ މުހިންމުކަމަކަށްވާތީ މަޢުލޫމާތު ސާފުކުރަން ކަނޑައެޅިފައިވާ ވަގުތު ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 03 ޖަނަވަރީ 2016 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

11 ޞަފަރު 1437

23 ނޮވެންބަރު 2015
ހޯދާ