މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ގދ.ގައްދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް

ޕްރޮޖެކްޓް ނަންބަރު:TES/2015/W-163

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގދ.ގައްދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާގެ ވިޔުގަ ޤާއިމުކުރުމާއި، ލިފްޓިންގ ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް އަދި ސީ އަދި ސީ އައުޓް ފޯލް ޤާއިމުކުރުމާއި، ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި، އެޑްމިނިސްޓްރޭޝަން ބިލްޑިންގއެއް އެޅުމުގެ މަސައްކަތެވެ.

4. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 ނޮވެންބަރު 2015 އިން 19 ޖަނަވަރީ 2016 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތުގެ ސޮފްޓްކޮޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށްފައިވާ ޓެކްސް ކްލިއަރެންސް ރިޕޯޓް ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރު ނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 30,000.00 (ތިރީސް ހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ އެއާ އެއްވަރު އަދަދަކުން ދިވެހި ފައިސާއިން ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ % 10 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ 13:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2016 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349105   3349106

   ފެކްސް: 3320706   3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

23 ނޮވެންބަރު 2015
ހޯދާ