މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން ހިންގަވާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން، ފުޓްސެލްދަނޑުގެ މަސައްކަތް ފިޔަވަހިތަކަކަށް ބައްސަވައިގެން ކުރިއަށް ގެންދެވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ގެންގުޅުއްވާ މިންގަނޑަށް މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހުޅުދުއްފާރުގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގަތް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޑިސެންބަރު 2015 ހޯމަ ދުވަހުގެ 13:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

5 ޞަފަރު 1437

17 ނޮވެންބަރު 2015
ހޯދާ