މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މުނިސިޕަލްސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

220766

ސަރވިސް:

ޓެކްނިކަލް ސަރވިސް

މަޤާމުގެ ރޭންކް:

MS2

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާއަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލް އިދާރާގެ އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގުރޭޑް 2

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

 

އުޖޫރައާއި ޢިނާޔަތްތައް:

 

ރަސްމީ ދަތުރެއް ކޮށްފިނަމަ، ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ އިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އައި. ޓީ. ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އައި. ޓީ. ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އައި. ޓީ. ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ ޕްރޮޖެކްޓުގެ ދާއިރާއިން ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އައި. ޓީ. ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ފަރުޟު 5 ނަމާދާއި، ހުކުރު ނަމާދާއި،  ޢީދު ނަމާދާއި، ކޭތަ ނަމާދުފަދަ ޖަމާޢަތްތަކާ ގުޅޭ ކަންކަމާއި، މިސްކިތްތަކާއި މިސްކިތްތަކުގެ ގޯތިތެރޭގެ ޒީނަތްތެރިކަމާ ގުޅޭ ކަންކަން، ޔުނިޓްހެޑްގެ އިރުޝާދުގެދަށުން މިސްކިތު މުވައްޒަފުންލައްވާ ކުރުވުމާއި ސުޕަވިޝަން ބެލެހެއްޓުން.

2- ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ޢިމާރާތްތަކާއި އެތަންތަނާ ގުޅޭ މަރާމާތާއި، އެތެރެއާއި ބޭރުގެ ޒީނަތްތެރިކަމާ ގުޅޭ ކަންކަން ރޭވުމާއި، ސާފުތާހިރުކަމާއި ކުލަޔާއި ދަވާދު އާކުރުމުގެ ކަންކަން ބެލެހެއްޓުން.

3- ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ ތަންތާނގެ އިންވެންޓްރީ ބެލެހެއްޓުން.

4- ބިންދޫކުރުމާއި، ރަޖިސްޓްރީކުރުމާއި، ޢިމާރާތްކުރުމާއި، ރަހުނު ކުރުންފަދަ ބިމާބެހޭ އެންމެހައި ކަންކަމާއި، ގޯތި ގެދޮރާބެހޭ އެންމެހައި ކަންކަން ކުރުމާއި ބެލެހެއްޓުން.

5- ރަށުގައި މަރުވާ މީހުން ވަޅުލުމާއި ކަށުކަމާކެމީގެން ކަންކަމާއި، ހިނަވާގެއާއި ޤަބުރުސްތާނު ބެލެހެއްޓުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

6- މަގުތަކާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

7- ރުއްގަހާއި ތިމާވެއްޓާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައްއެޅުން.

8- ރަށުގެ ނަރުދާމައާއި ރައްޔިތުންނަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން.

9- އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ވިނަ ނޮޅައި ސާފުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުން.

10- ބަނދަރުގެ އަޑިގުޑަންވުން ފިލުވުމާއި، ބަނދަރާބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

11- ރަށުގައި އަމާން ސުލްޙަވެރި ވެށްޓެއް ޤާއިމްކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަން ކުރުމާއި، ޝަރީޢަތާ ގުޅޭ ކަންކަން ބެލެހެއްޓުން.

12- ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުން.

13- ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި ޓީމުތަކަށް މަރުޙަބާކިޔުމާއި، މެހްމާންދާރީ އަދާކުރުމާއި، އެކޮމަޑޭޝަނާއި ފަރިއްކޮޅާ ގުޅޭ ކަންކަން.

14- ދީނީ ވަޢުޒާ ގުޅޭ ކަންކަން ބެލެހެއްޓުން.

15- މިނޫންވެސް، ވަޒިފާގެ ހައިސިއްޔަތުން ކުރަންޖެހޭ އަދި ހަވާލުކުރެވޭ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު އާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާގައެވެ. ދުވަހާއި، ގަޑި، މަސައްކަތު 3 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއެކު، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.  

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަނަވަރު (ސީ. ވީ)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580069 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

28 މުޙައްރަމް 1437

10 ނޮވެންބަރު 2015
ހޯދާ