މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދަތުރުކޮށްދޭނެ ފަރާތެއް/ ފަރާތްތަކެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭނުމަށް މިއޮތޯރިޓީން ކަނޑައަޅާ ރަށްތަކަކަށް މިހިނގާ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ދަތުރުކޮށްދޭނެ ފަރާތެއް/ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

18 ނޮވެންބަރު 2015

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

22 ނޮވެންބަރު 2015

އާދީއްތަ

11:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް މިކަމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިލައްވާނެއެވެ. 

04 ޞަފަރު 1437

16 ނޮވެންބަރު 2015
ހޯދާ