ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

ރާއްޖޭގެ ރަށްރަށުގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބިލެތްދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ގޮތުގައި ހަމަޖެހިފައިވާ ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2015ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 25 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފުޓްސެލްދަނޑުގެ ޖެހުމާއި ވަށާފާރު ރޭނުމުގެ މަސައްކަތުގެ އަންދާސީހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް

   - މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު

10 ނޮވެންބަރު 2015
ހޯދާ