ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ފައިނޭންސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް

-/12,000 އާއި -/17,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

1

ޝަރުޠު

  1. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2.  އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
  2. އެކިއެކި ފަންޑުތަކާބެހޭ ހިސާބުތައް ގަވާއިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރު ކުރުން.
  3. އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުން.
  4. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާރޓްމަންޓްގެ ދުވަހުން ދުވަހަށް ރިކޯޑު ބެލެހެއްޓުމައި، ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓުތައް ތަޔާރުކުރުން. އަދި ގަވާއިދުން ފައިނޭންޝަލް އިންފޮމޭޝަން އަޕްޑޭޓްކުރުން.
  5. ކޯޕަރޭޝަނުން ހިންގާ އެންމެހައި ޕްރޮގްރާމުތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމުތަކުގެ ޚަރަދުތައް ކަނޑައަޅާފައިވާ ބަޖެޓުތަކުގެ ތެރޭގައި ކުރިއަށް ގެންދާކަން ޔަގީންކުރުން.
  6. ކޯޕަރޭޝަނުގައި ޢަމަލުކުރާ އިންޓަރނަލް ކޮންޓްރޯލްސްތަކަކީ ފައިސާގެ މުޢާމަލާތްތައް ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ބާރުއަޅާ ކޮންޓްރޯލްސްތަކެއްކަން ޔަގީންކުރުން.
  7. އިންޓަރނޭޝަނަލް ފައިނޭންސަލް ރިޕޯޓިން ސްޓޭންޑަރޑްތަކާއި، އާންމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
  8. ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
  9. ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކޮށް ޕްލޭން ކުރުމުގައި އެހީތެރިވެދިނުން.
  10. ފައިނޭންސް ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
  11. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 16 ނޮވެންބަރު 2015 އާއި 19 ނޮވެންބަރު 2015 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އޮންނާނެއެވެ.

30 މުޙައްރަމް 1437  

12 ނޮވެންބަރު 2015
ހޯދާ