އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި   ކުންފުނިން   އިޢުލާންކޮށްފައިވާ   އެޑްމިނިސްޓްރޭޓިވް   އޮފިސަރުގެ   މަޤާމަށް   އެކަށީގެންވާވަރަށް   ކުރިމަތިލާފައިނުވާތީ،   އިއުލާން   ނަންބަރު  AIA-D1/IL/2015/0018  ބާޠިލުކޮށް،  އަލުން  އިޢުލާން  ކުރީމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެ އޮފީސް

މަސައްކަތް ކުރަންޖެހޭ ގަޑި:

ފުލް ޓައިމް

އަސާސީ މުސާރަ:

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި.

މީގެ އިތުރުން ކެއުމުގެ އެލަވަންސްއާއި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވުން އަދި/ ނުވަތަ
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަނުގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
  • އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ، އެންޓްރީ ކުރުމަށްފަހު، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި، އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުމާއި، އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ޙައްލުކުރުން.
  • އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިނގިރޭސިބަހުން ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި މުޢާމަލާތުކުރަން އެނގުން.
  • ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުމާއި، މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް، މައިކްރޯސޮފްޓް ވޯޑާއި އެކްސެލް)
  • މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިއުންތައް

- ތަޢުލީމީ ސެޓްފިކެޓްތަކާއި، ފަންނީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

- ޕޮލިސް ރިޕޯޓް.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯ.

ސުންގަޑި:

2015 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން.

އިންޓަވިއު:

އިންޓަވިއުއަށް ކިޔާނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓުކުރެވޭ ފަރާތްތަކަށެވެ.

12 ނޮވެންބަރު 2015
ހޯދާ