ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:

މަޤާމް: ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ބ. ދޮންފަނު ސްކޫލް

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑެމިކް ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެލް. ކޭ. ޖީ. އާއި، ، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމު، ޝަރުޠު، ރޭންކް، މުސާރަ، އެލަވަންސް:

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ

GS1

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

3565/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4000/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4465/-

1500/-

ޕްރީ ސްކޫލް ޓީޗަރ

GS4

ޕްރީ ސްކޫލް ޓީޗަރ 4

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

5020/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން

5610/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

6295/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ  ޑިޕްލޮމާ  ހާސިލުކޮށްފައިވުން،  ނުވަތަ  ޕްރީ  ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން

7035/-

2500/-

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް ޓީޗަރ 8

 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން  މާސްޓަރސް  ޑިގްރީއެއް  ހާސިލުކޮށްފައިވުން، ނުވަތަ  ޕްރީ  ސްކޫލް  ޓީޗަރ  7  ގެ  މަޤާމުގެ  ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން

7875/-

2500/-

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

ހ. ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު  ބޭއްވުމަށް ކަނޑައެޅިފައިވަނީ، 19 ނޮވެންބަރު 2015 ގެ 13:00 ގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރަން ޖެހޭނަމަ، އެއަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. ވަކިގޮތަކަށް އަންގާފައި ނުވާނަމަ، މަތީގައިވާ ގަޑިއަށް އިންޓަވިއުއަށް ހާޒިރުވާންވާނެއެވެ.

ރ. ފޯން އިންޓަވިއު ކުރެވޭނީ ހަމައެކަނި ސަރުކާރުގެ އޮފީހެއްގެ ޒިންމާގެދަށުން އެފަދަ މުއައްސަސާއެއްގެ ފޯން މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ- ޕާސްޕޯޓް ސައިޒުގެ ފޮޓޯ (ހީރަސް ނުޖަހައި، ތެރަހުން ތަތްކޮށްފައި)

އ. މި ސްކޫލުގެ ނަންބަރު GS-138/IUL/2015/P69 އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން މި ވަޒީފާއަށް އެދި ހަމައެކަނި ސިޓީއެއް ހުށަހެޅުމުން ފުދޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 19 ނޮވެންބަރު 2015 ގެ 12:00 ގެ ކުރިން، ބ ދޮންފަނު ސްކޫލަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 19 ނޮވެންބަރު 2015 ގެ 12:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދޮންފަނު ސްކޫލުގެ 6600010 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

23 މުޙައްރަމް 1437

05 ނޮވެންބަރު 2015
ހޯދާ