ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތަކާ ގުޅޭ

މި ސްކޫލުގެ ނަންބަރު 2015/17/GS-65-Aފ(12 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

1- ސްކޫލް އިމާރާތުގެ ބޭރަށް އަލިކުރުމަށް ހަރުކޮށްފައިވާ ލައިޓްތައް ބަދަލުކުރުން.

2- ސައިންސް ލެބްތަކުގައި ބެހެއްޓިފައިވާ ސިންކްތަކުން ފެންލީކްވާ މައްސަލަ ޙައްލުކުރުން.

3- ފަސްޓްފްލޯއަށް އަރަންހުރި ސިޑީގެ ސީލިންގގެ މަތިން ފެންލީކުވާ މައްސަލަ ޙައްލުކުރުން.

4- ކްލާސްރޫމުގައި ހަރުކުރެވިފައިވާ ދޮރުތަކުގެ ތަޅު ބަދަލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކޮންމެ މަސައްކަތަކަށް ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ވަކި ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، އެމަސައްކަތެއްގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

19 މުޙައްރަމް 1437

01 ނޮވެންބަރު 2015
ހޯދާ