ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.     

ކޮންޓްރެކްޓް އުސޫލުން 2016 ވަނަ އަހަރު (1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަން ކުރެއްވުމަށް ހުށަހެޅުއްވޭނީ މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެލައްވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:30ގައި މި ސްކޫލުގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަވަންވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 22 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:30ގައި މި ސްކޫލުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފުސީލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75%

  • ހުށަހަޅާ އަގަށްދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%
  • ތަޖްރިބާއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާ ލިބިފައިވާ ފަރާތަށް.

(Submitted experience duration / Benchmark experience duration)  x Allocated Percentage

މުވައްޒަފުން

10%
  • ސެކިޔުރިޓީންގެ ގޮތުގައި ބޭނުންކުރާ މުވައްޒަފުން
  • އަންދާސީހިސާބު ހުށަހަޅާ ކޮންމެ ފަރާތަކުންވެސް މަދުވެގެން 3 ވޮޗަރުން ގެންގުޅެން ޖެހޭނެއެވެ.
  • މިގޮތުން އިތުރަށް ބޭނުންކުރާ ވޮޗަރުންނަށް މާކްސްދޭނީ ހުށަހަޅާ ހުށަހެޅުންތަކުން އެންމެ ގިނަ ވޮޗަރުން ބޭނުންކުރުމަށް ހުށަހަޅާ އަދަދު އެއީ ބެންޗްމާކު އަދަދު ކަމުގައި ބަލައިގެން ހުށަހަޅާ އަދަދުން ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ވޮޗަރުން ހުށަހަޅާ ފަރާތަށެވެ.

(Number of Security Officers / Bench Mark) x Allocated Percentage

  1. ބިޑް އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުޠު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ، ސިޓީއަކުން ސްކޫލަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ، މި ސްކޫލުގެ ނަންބަރު 7952916 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

01 ނޮވެންބަރު 2015
ހޯދާ