ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
02 މޮޓޯސައިކަލް ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ          

މިޑިޕާޓްމަންޓުގެ ބޭނުމަށް 02 މޮޓޯސައިކަލް ގަންނަން ބޭނުންވެގެން ކުރި ނަންބަރު: IUL)94-Q/1/2015/38) އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، މި އިޢުލާން ވަނީ ބާޠިލުކޮށްފައެވެ. ވީމާ، މި ޑިޕާޓްމަންޓަށް HONDA WAVE 125i މޮޑެލްގެ 02 މޮޓޯސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓްގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓަށް (ހުރަވީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

19 މުޙައްރަމް 1437

01 ނޮވެންބަރު 2015
ހޯދާ