ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ޕްރީ ސްކޫލް ޓީޗަރ

ޕްރީސްކޫލް ޓީޗަރުން ހޯދުން:

މަޤާމު: ޕްރީ ސްކޫލް ޓީޗަރ

ގިންތި: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ހަމަޖެހިފައިވާ ތަން: ހިންމަފުށީ ސްކޫލް / ކ. ހިންމަފުށި

ބޭނުންވާ އަދަދު: 2

ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ

ޖީ.އެސް 1

ޕްރީ ސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން

 

3565.00

 

1500.00

ޕްރީ ސްކޫލް ޓީޗަރ

ޖީ.އެސް 2

ޕްރީ ސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގގގެ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4000.00

1500.00

ޕްރީ ސްކޫލް ޓީޗަރ

ޖީ.އެސް 3

ޕްރީ ސްކޫލް ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގގގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން

4465.00

1500.00

ޕްރީ ސްކޫލް ޓީޗަރ

ޖީ.އެސް 4

ޕްރީ ސްކޫލް ޓީޗަރ 4

ޕްރީ ސްކޫލް ޓީޗިންގގގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

5020.00

2500.00

ޕްރީ ސްކޫލް ޓީޗަރ

އެމް.އެސް 1

ޕްރީ ސްކޫލް ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން

5610.00

2500.00

ޕްރީ ސްކޫލް ޓީޗަރ

އެމް.އެސް 2

ޕްރީ ސްކޫލް ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

6295.00

2500.00

ޕްރީ ސްކޫލް ޓީޗަރ

އެމް.އެސް 3

ޕްރީ ސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިންގގ ގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7035.00

2500.00

ޕްރީ ސްކޫލް ޓީޗަރ

އެމް.އެސް 4

ޕްރީ ސްކޫލް ޓީޗަރ 8

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7875.00

2500.00

އެހެނިހެން އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން ދެވޭނެއެވެ. އަދި ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- ޕްރީ ސްކޫލް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން

2- ލެސަންޕްލޭން ތައްޔާރުކުރުން

3- ސްކީމް ތައްޔާރުކުރުން

4- ޕްރީ ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން

މަޤާމުގެ މަސްއޫލިއްޔަތު:

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން

2- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދެއްވުމަށް މަސައްކަތްކުރުން

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވާރކް ފުރިހަމަކޮށް ނިންމެވުން

5- ކޯޑިނޭޝަން މީޓިންގތަކުގައާއި ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުން އަދި މިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން

7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކްކުރެއްވުން

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން

9- ސްކޫލްގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވެންއޮތް ހުރިހާ މަސައްކަތެއް ކުރެއްވުން

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން

12- ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލުގެތެރޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚުލާޤަށް ސަމާލުކަން ދެއްވުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތް ކުރެއްވުން

13- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެ މަތިން ކުދިންގެ ފެންވަރު ވަޒަންކުރުމާ ގުޅޭ އެންމެހާ ރެކޯޑްސްތައް ތައްޔާރުކޮށް ބެލެހެއްޓެވުން

14- ކިޔަވައިދެއްވާ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން

15- މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ޙަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލުކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން

16- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ޙަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނިދޫކޮށް ނުލެއްވުން

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރު އެޅުއްވުން

18- ދިވެހިސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސް ގަވާއިދުތަކާއި އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ސްކޫލްގެ އެންމެހާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ ލިޔުންތަކާއެކު 2015 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔުންތައް:     

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި ފޯމު މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު އަސްލު ގެންނަވަންވާނެއެވެ.)
  3. މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު އަސްލު ގެންނަވަންވާނެއެވެ.)
  4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު އަސްލު ގެންނަވަންވާނެއެވެ.)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އޮފީހަކުން ދޫކުރާ " މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު. (މުވައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތިލައްވާނަމަ މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނަތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުވައްސަސާގެ ލިޔުމެއް.

އިންޓަރވިއު ކުރުން:

  1. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.
  2. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަރވިއު ބޭއްވޭނެ ތަނަކާއި އިންޓަރވިއު ކުރުން އޮންނަ ތާރީޚާއި ގަޑި، އިންޓަރވިއުއަށް ހާޒިރުވެވޭނެ ވަގުތު އޮއްވައި މި ސްކޫލުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުއްވެލައްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިގައި ފޯން:6640585 އަދި ފެކްސް: 6640585 އަށެވެ.

އެހެނިހެން މަޢުލޫމާތު:       

  1. މި މަޤާމަށް ހޮވޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  3. މިމަޤާމަށް މީހަކު ހޮވޭނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލުވާނެއެވެ.                                 
27 އޮކްޓޫބަރު 2015
ހޯދާ