އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިއީ  އޮފީސް އެސިސްޓެންޓް މަޤާމަށް މީހަކު ހޯދުމަށް 25 މާރިޗު 2015 ގައި މި ކޯޓުން ކުރި  I-10-C/2015/01 ނަންބަރުގެ އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މަޤާމުގެ އަސާސީ ޝަރުޠު ހަމަވާ ފަރާތެއް ނެތުމުން، އެ އިޢުލާނު ބާޠިލްކޮށް، އަލުން ކޮށްފައިވާ އިޢުލާނެކެވެ.

މަޤާމް:

އޮފީސް އެސިސްޓެންޓް

ރޭންކް:

އެސް. އެސް. 2

އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

އދ. މާމިނގިލީ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

 

މި މަޤާމަށްލިބޭ އެލަވަންސް:

- ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)،

- ލިވިންގ އެލަވަންސް: -/2550 (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)  

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25،

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިޔުމާއެކު، SS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ޗިޓު ބެހުމާއި، ކޯޓުން އެކިފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ އެހެނިހެން ލިޔެކިއުން ރައްދުކުރުން.
  2. ކޯޓުގެ އިމާރާތާއި، ގޯތިތެރެއާއި، ފަރުނީޗަރުތައް ފޮޅައި ސާފުކުރުން.
  3. ކޯޓުގެ ބޭނުމަށް ހޯދާ ތަކެތި ފިހާރަތަކުންނާއި ފެރީން ނަގައިގެން ކޯޓަށް ގެނައުމާއި، އެހެނިހެން ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމަށްޓަކައި ފެރީއަށް އެރުވުން.
  4. ކޯޓުގެ ފަރުނީޗަރާއި ފާޚާނާތަކަށް ލިބޭ ކުދި ގެއްލުންތައް މަރާމާތުކުރުން.
  5. ކޯޓުގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. މީގެ އިތުރުން، ވެރިން އަންގަވާ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
  2. ކުރިމަތިލާފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީއާއި، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓެއް ހުށަހަޅާނަމަ އެ ސެޓްފިކެޓްގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާތަކުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ހިމަނައިގެން (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

ސުންގަޑި:

2015 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން.

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.justice.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ