ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ / ކުންފުނީގެ ސެކްރެޓަރީ

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ލީގަލް އޮފިސަރ / ކުންފުނީގެ ސެކްރެޓަރީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މެނޭޖްމަންޓް 1   

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް

12000 ރުފިޔާއާއި 17000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ކ. މާލެ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ބައްދަލުވުންތަކާއި، ކޮމިޓީ ބައްދަލުވުންތަކާއި، އަހަރީ އާއްމު ޖަލްސާތަކުގެ އެޖެންޑާއާއި އެހެނިހެން ލިޔެކިއުންތައް ތައްޔާރުކުރުން.
  2. ކޯޕަރޭޝަނުގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުމާއި، ބޯޑް ރިޒޮލިއުޝަން ހެދުމާއި، ބޭނުންވާ އެންމެހައި ފޯމުތައް ތައްޔާރުކޮށް ހުށަހެޅުން.
  3. ބޯޑުގެ ނިންމުންތައް، ކަމާ ގުޅުންހުރި ފަރާތްތަކަށް އެންގުމާއި، ނިންމުންތައް ތަންފީޒުކުރާ މިންވަރު ވަޒަންކުރުން.
  4. ކޯޕަރޭޝަނުގެ ސިޔާސަތުތަކާއި، ޤަވާއިދުތައް އެކުލަވައިލުމުގައި ޤާނޫނީ ލަފައާއި އިރުޝާދު ދިނުމާއި، ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.
  5. ކޯޕަރޭޝަނާ ގުޅުންހުރި ޤާނޫނީ މުޢާމަލާތައް ބެލެހެއްޓުމާއި، މަޢުލޫމާތުތައް ހޯދުމާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި، ކޯޕަރޭޝަނުގެ ބޯޑުގެ ނިންމުންތައް، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް އެންގުން.
  6. ކޯޕަރޭޝަނުގެ ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ޤާނޫނީ ލަފައާއި އިރުޝާދު ދިނުން.
  7. ޤާނޫނާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކަށް، ކޯޕަރޭޝަނުގެ ބޯޑާއި މުވައްޒަފުން  ހޭލުންތެރިވުމާއެކު، އެ ބަދަލުތައް ތަންފީޒުކުރުން.
  8. ކޯޕަރޭޝަނުގެ ބޯޑުގެ ސެކްރެޓަރީ އަދި ޤާނޫނީ ލަފައާއި އިރުސާދުދޭ ފަރާތެއްގެ ހައިސިއްޔަތުން ކޯޕަރޭޝަނުގެ މަސައްކަތްތަކާ ގުޅުންހުރި މުވައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، މަސައްކަތް ކުރެވޭނެ މާޙައުލެއް ބިނާކުރުން.
  9. ކޯޕަރޭޝަނުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި، ޕްލޭންކުރެވިފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ކޯޕަރޭޝަނުގެ ފަރާތުން ވަކާލާތުކުރުން.
  10. ކޯޕަރޭޝަނުގެ ލީގަލް އެފެއާޒާ ހަވާލުހުރި ވެރިއެއްގެ ހައިސިއްޔަތުން، މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ކޯޕަރޭޝަނުގެ ޕޮލިސީތައް އެކުލަވާލައި ތަރައްޤީކުރުމަށް މަސައްކަތްކުރުން.
  11. ޑީޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން އެކުލަވައިލަންޖެހޭ އެންމެހައި ލިޔެކިއުންތައް އެކުލަވައިލުމާއި، މުރާޖަޢާކުރަންޖެހޭ ލިޔެކިއުންތައް މުރާޖަޢާކުރުން.
  12.  ކޯޕަރޭޝަނުން ކުރިއަށްގެންދާ މަސައްކަތާއި ޚިދުމަތްތައް ހޯދުމަށް ކުރާ އެއްބަސްވުންތައް އެކުލަވައިލުމާއި، އެއްބަސްވުންތަކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޤާނޫނީ ލަފާ ދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.
  13. ޝަރުޢީ ކޯޓުތަކުގައި ކޯޕަރޭޝަނުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތަކުގައްޔާއި، ކޯޕަރޭޝަނުގެ މައްޗަށް ކުރެވޭ ދަޢުވާތަކުގައި ކޯޕަރޭޝަން ތަމްޞީލްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާރޖީގެ  3018329 ނަންބަރު ފޯނަށް ނުވަތަ 3018330 ނަންބަރު ފޯނަށް ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނުގެ ފެންވަރާއި، މަސައްކަތާ ގުޅުންހުރި ދާއިރާގެ ތަޖުރިބާ.
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި: 

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯ ޑްވެސް ކުރެވޭނެއެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2015 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުން.

އިންޓަވިއު އާއި އިމްތިޙާންކުރުން:

އިންޓަވިއު އާއި އިމްތިޙާންކުރުން 7 ނޮވެންބަރު 2015 އާއި 10 ނޮވެންބަރު 2015 އާ ދެމެދުގައި މި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނާރޖީގައި އޮންނާނެއެވެ.

ނޯޓު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ