ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސިލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ކައުންސިލަރ

ބޭނުންވާ އަދަދު

1 (އެކެއް)

ވަޒީފާގެ ގިންތި

ދާއިމީ

މަޤާމް ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު

OD/22/2015/54-188

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެމަތިން ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް

ދ. ރިނބުދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް ސެކްޝަން / ދ. ރިނބުދޫ ސްކޫލް

އަތޮޅާއި ރަށް

ދ. ރިނބުދޫ

 

 

ފެންވަރު ނުވަތަ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

 

 

ވަޒީފާގެ މަސްޢޫލިއްޔަތުތައް

1- ދަރިވަރުންގެ އަޚްލާޤާ ބެހޭގޮތުން ކޮންމެ ކުއްޖަކަށް ފައިލެއް ތައްޔާރުކޮށް، އެ ފައިލް ބެލެހެއްޓުމާއި، ރެކޯޑްތައް ކޮމްޕިއުޓަރުގައިވެސް ބެލެހެއްޓުން.

2- ދަރިވަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ޤަވާޢިދުން ދެހަފުތާއިން އެއްހަފުތާގައި ބެލުމާއި، އެފަދަ މައްސަލައެއް ހުރިނަމަ ރެކޯޑްކޮށް، އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.

3- ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތަކާއި ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލްގައްޔާއި ގޭތެރޭގައި ދަރިވަރުންނަށް ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި ރެކޯޑްކުރުން.

4- ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިޔަށްގެންދިއުން.

5- ދަރިވަރުންގެ އަޚްލާޤަށް އަންނަ ބަދަލުތަކާއި ނަފްސާނީ ޙާލަތަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ބެލެނިވެރިންނަށް ދިނުން.

6- ސްކޫލުގެ އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙްތިރާމްކުރަންވާނެއެވެ.

7- ރަސްމީ މަސައްކަތް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.

8- ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.

9- ސްކޫލުގައިވެސް އަދި ސްކޫލުން ބޭރުގައިވެސް، އެއްވެސް ކުއްޖެއްގެ ފަރާތުން، ކުދިންނާ އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ، ސްކޫލުގެ ވެރިންނަށް އެކަމެއް ވަގުތުން އަންގަންވާނެއެވެ.

10- ވަޒީފާގެ ދާއިރާއާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

11- ދަރިވަރުންނަށް ދިމާވާ ޙާލަތްތައް ދަނެގަނެ، ދަރިވަރުންގެ ޙާލަތާ ގުޅިގެން ދޭންޖެހޭ ކައުންސިލިންދިނުމާއި، ދަރިވަރުންނަށް ބޭނުންވާ މެންޓަރިން ޕްރޮގުރާމްތައް ހިންގުން.

12- ކައުންސިލިންގެ ބޭނުމާއި އެކަމުގެ މުހިންމުކަން ބެލެނިވެރިންނަށް ބުނެދީ، ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ތަޢުލީމާއި ތަމްރީން

2- މަސައްކަތު ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު  (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން             (www.csc.com.mv ން ) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މާޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، އީމެއިލާއި ފެކުހުގެ ޒަރީޢާއިން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

ސުންގަޑި

މަޤާމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ނޮވެންބަރު 9 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، ބަޔާންކޮށްފައިވާ ލިޔުންތައް މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަރވިއުކުރުން

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 10 ނޮވެންބަރު 2015 އާއި 16 ނޮވެންބަރު 2015 އާ ދެމެދުގައި ރިނބުދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7952917 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ