މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމު:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް އެންޑް އެނެލިސިސް ސެކްޝަން /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • އިކޮނޮމިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ހުނަރުވެރިކަން:

  • އިޤްތިޞާދީ ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިކޮނޮމިކް ރިޕޯޓް އަދި އިކޮނޮމިކް ކަރުދާސް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • އިޤްތިޞާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާގުޅޭ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރއަކަށް އަހުލުވެރިވެފައިވުން.
  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަޤާމު:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޔުނިޓް:

ލީގަލް ޔުނިޓް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން ބީ ފާސް ނުވަތަ އެއަށްވުރެ މަތި ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ ގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާ ދިނުމާއި އެކަންކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި އެމްއެމްއޭ ގެ މަސައްކަތައް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކޮށް ޑްރާފްޓް ކުރުން.

މަޤާމު:

އޮފިސަރ

ސެކްޝަން:

ގަވަނަރސް އޮފީސް

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ޖީސީއީ އޭލެވެލް އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • އޯލެވެލް އިމްތިޙާނުގެ އިނގިރޭސިބަހުން އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ދިވެހިބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ގަވަރނަރސް އަދި ޑިރެކްޓަރުންގެ ބޯޑުގެ ސެކްރެޓޭރިއެޓް މަސައްކަތްތަކާއި ގަވަރނަރސް އޮފީހުގެ އެހެނިހެން އިދާރީ މަސައްކަތްތައް.

ހުނަރުވެރިކަން: 

  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަޤާމު:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ބޭންކިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިން އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ އަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރު

  • އެކައުންޓިން ނުވަތަ ފައިނޭންސް އާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިސާ ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތާއި ބޭންކިން އޮޕަރޭޝަންސްގެ ފައިސާއާ ގުޅުން ހުރި މަސައްކަތްތައް.

ހުނަރުވެރިކަން:

  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
  • ރިސަރޗް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން، އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސަރޗް ޕޭޕަރެއް ތަޢުލީމީ އިދާރާއަކަށް ހުށަހަޅާފައިވާނަމަ، އޭގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މި ވަޒީފާއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ