ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތަކާ ގުޅޭ

ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއެވެ.

1- ކުލާސްރޫމުގައި ހަރުކުރެވިފައިވާ ދޮރުތަކުގެ ތަޅު ބަދަލުކުރުން.

2- ސްކޫލް އިމާރާތުގެ ބޭރަށް އަލިކުރުމަށް ހަރުކޮށްފައިވާ ލައިޓްތައް ބަދަލުކުރުން.

3- ސައިންސް ލެބްތަކުގައި ބެހެއްޓިފައިވާ ސިންކްތަކުން ފެންލީކްވާ މައްސަލަ ޙައްލުކުރުން.

4- ފަސްޓް ފްލޯއަށް އަރަންހުރި ސިޑީގެ ސީލިންގގެ މަތިން ފެންލީކުވާ މައްސަލަ ޙައްލުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 01 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ކޮންމެ މަސައްކަތަކަށް ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ވަކި ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، އެމަސައްކަތެއްގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ