އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

މިކޮމާންޑުން ދައްކާ ނަމޫނާއާ އެއްގޮތަށް މުވައްޒަފުންގެ ޔުނީފޯމު އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ މި ކޮމާންޑުގެ މައި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކޮމާންޑުގެ މުވައްޒަފުންގެ ޔުނީފޯމު ޑިޒައިންކޮށް ފެހުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)453-LTM/1/2015/7) އާ ގުޅިގެން ދެވުނު މަޢުލޫމާތުތަކަށް ބަދަލު ގެނެވިފައިވާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާކަން އަންގައި އިޢުލާން ކުރަމެވެ.

15 އޮކްޓޫބަރު 2015
ހޯދާ