ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ރޭމްޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިސްކޫލުގެ ރޭމްޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު Ref: GS213/IUL/2015/016 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުން އަންގާގޮތަކަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވުމާއެކު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ ދުވާފަރު ޕްރައިމަރީ ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށައެއްނޭޅޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6582703 އާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އަންގައި އިޢުލާން ކުރަމެވެ.

12 އޮކްޓޫބަރު 2015
ހޯދާ