މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އާއޮފީސް ޖާގައިގެ އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި އޮފީސް ހިންގަން ހޯދާފައިވާ އާއޮފީސް ޖާގައިގެ އިންޓީރިއަރ ޑިޒައިނިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 02:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 21 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 02:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު 20379

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 1441

ފެކްސް: 3307759

އީމެއިލް: [email protected]

25 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015
ހޯދާ