މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން

މިމަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން ވަނީ ބޭނުންވެފައެވެ.

1. ކޮމްޕިއުޓަރ ލެބް ސީލިންގ މަރާމާތުކުރުން. ( އަސްކެނި )

2. އިމާރާތްތަކުގައި ކުލައާއި ދަވާދުލުން.

3. ބްލޮކް 2 ކްލާސްރޫމުގެ ޓިނު ބަދަލުކުރުން.

4. 4 ކުލާސްރޫމުގައި މުށިޖެހުން.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2015 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ އަދި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއް ވަކިވަކިން ކަމުގައި ދަންނަވަމެވެ.

08 އޮކްޓޫބަރު 2015
ހޯދާ