މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރެއް ހޯދުން

މިކައުންސިލުން، އެއްގަމު އުޅަނދު ދުއްވުމުގެ ސީ ޒޯންގެ ލައިސަންސް ދޫކުރުމަށް އިތުރު އެގްޒަމިނަރެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އޭ ޒޯންގެ ލައިސަންސް ލިބިފައިވާތާ 3 އަހަރުވެފައިވާ މީހުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ މީހެއްގެ 03 މަސް ހަމަނުވާ ޕޮލިސް ރިޕޯޓާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު މިކައުންސިލަށް 11 އޮކްޓޫބަރު 2015 ވާ( އާދީއްތަ ) ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އަދި މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ހަވާލުކުރުމަށް ހޮވޭ ފަރާތަކަށް މިކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރުމަށްފަހު، އެމީހަކު އެގްޒަމިނަރކަންކޮށް ލައިސަންސް ދޫކުރެވޭ ކޮންމެ ސައިކަލް ލައިސަންސްއަކަށް -/15 (ފަނަރަ ރުފިޔާ) އަދި ކޮންމެ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދަކަށް -/25 (ފަންސަވީސް ރުފިޔާ) ގެ އެލަވަންސެއް މިކައުންސިލުން ލިބޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 އޮކްޓޫބަރު 2015
ހޯދާ